top of page
  • صورة الكاتبMiro

ގަންފޮނަދޫގައި ވިއްކަނީ ރަން ޕެޓުރޯލު ތަ؟

މަޤާމަށް ކުރިމަތި ލައްވަވައިގެން ކެމްޕެއިނުގައި އުޅުއްވާ ދުވަސްވަރު ހެޔޮ އެދޭ ވަރުން ލޮލުފިޔަ ވެސް ޖަހާ ނުލެވެއެވެ. ކޮފީއާއި ސައި ހުސްނުވާނެއެވެ. ހޯދަން ގުޅާ ފޯނު ރިންގު ކުރާވަރުން ފޯނުގެ ވައިބުރޭޝަނުގެ ސަބަބުން ޖީބު ފޫ ދާން ހުންނަނީ ކައިރި ވެފައެވެ. އިންތީޚާބުވެ ގޮނޑީގައި އިށީންދެވިއްޖެއެވެ. މަޤާމު ލިބިއްޖެއެވެ. ވަޢުދުތައް ހަނދާން ނެތިއްޖެއެވެ. އެކިއެކި ބޮޑުންނާއި ދިމާވެ، ސައި ކޮފީތައް ލިބެން ފަށައިފިއެވެ. އެކިއެކި ވިޔަފާރިވެރިންގެ ފޯނު ކޯލުތައް އަންނަން ފަށައިފިއެވި. ނޭނގި ހުއްޓާ ހަދިޔާތައް ލިބެން ފަށައިފިއެވެ. ވީވަޢުދުތަކާއި އަޙުދުތައް ހަނދާންނެތިއްޖެއެވެ. ޒިންމާތައް ހަނދާންނެތި އަމިއްލަ ދިރިއުޅުމުގެ ޒިންމާ އިސްކުރެވިއްޖެއެވެ. ދެން ފެންނަނީ ރައްޔިތުންނާއި ވީހާވެސް ދުރުދުރުން އުޅޭތަނެވެ. އެހާދިގު ކުރާކަށް ނެތީމެވެ.

ޝައްކެއްނެތެވެ. ހައްދުންމަތީ ގަމަކީ ބިޔަބޮޑު ދުވަހެއް ދުވަހަކަށް ތަރައްޤީވަމުން އަންނަ ރަށެކެވެ. އިޤްތިޞާދޫގޮތުން ރާއްޖޭގެ އެހެން ރަށްތަކަށްވުރެ ބާރައް ކުރި އަރަމުން އަންނަ ފުދުންތެރިން ގިނަ ރަށެކެވެ. ސައިކަލު، ކާރު ފަދަ ވެހިކަލުތައް ދުވަހެއްދުވަހަކަށް ގިނަވަމުން އަންނަ ރަށެކެވެ. މަސްވެރިންނާއި އޮޑިދޯނި ފަހަރު ގިނަ މަދުނޫން އާބާދީއެއް އޮންނަ ރަށެކެވެ. އެގޮތުން ޕެޓުރޯލާއި ޑީސަލު ގެ ވިޔަފާރި ރަނގަޅު ހިސާބެކެވެ. ވީހުރިހާދުވަހެއް ވެގެން މިދިޔައީ ތެލުގެ ވިޔަފާއި ވަކި ބަޔަކު ކޮންޓުރޯލުގެ ދަށުގައި ބާއްވައިގެންނެވެ. ގަން ފޮނަދޫ ޝާމިލުވާހެން ހުންނަނީ ތެޔޮވިއްކާ ދެ ފިހާރައެވެ. ތިންވަނަ ފިހާރައެއް ދާދި މިދާކަށް ދުވަހު ހުޅުވަމުން ދާކަން ފާހަގަ ކުރަމެވެ. އެކަންވެސް ކައުންސިލުން ނިންމާފައި ވަނީ ވަރައް ފަރުވާތެރިކަމާއި އެކު ކޮފީއަކުންނެވެ. އެވާހަކަ ދެން މިވަގުތު ލިޔާކަށް ނެތީމެވެ.


މާލެއިން 10ރ އަށް ލިބެން ހުންނަ ޕެޓްރޯލް ލީޓަރު ހައްދުންމަތީ ގަމުގައި ވަކިބަޔަކު ހިތުހުރި އަގެއްގައި ވިއްކަމުން ދާދިއުން ކުއްވެރިކުރަމެވެ. ރައްޔިތުންނަށް ހެޔޮއެދި ފާގަތި ދިރިއުޅުމަކަށް އެދޭނަނަމަ ކައުންސލުން މިކަންކަން ބަލަންޖެހޭނެއެވެ. ނަމަވެސް ކަންވަނީ އެހެނަކުން ނޫނެވެ. ފެންނަނީ ކައުންސިލު މެންބަރުންވެސް އެކަމަށް ތަރުޚީބުދޭ މަންޒަރެވެ. ގަމުގައި 16 ރ އަށް ޕެޓްރޯލު ލީޓަރެއް ވިއްކަމުން އެ ގެންދެވެނީ ޒިންމާތައް ބޮލު އަޅައިގެން ތިބި މީހުން ދޯދިޔާ ވީމައެވެ. ޕްލާސްޓިކު މަދު ކުރަން އުޅުމަށް ވުރެ މިފަދަ ކަންކަން ރަނގަޅު ކުރަން އުނުނިއްޔާ ރައްޔިތުން ގައިމު އުފާވާނެ ކަން ޔަޤީނެވެ. އެފްއެސްއެމް އިން ބަލްކުކޮށް ތެޔޮ ނަގާނަމަ 8 ރ އާއި ގާތް ކުރާ އަދަދަކަށް ލީޓަރެއް ލިބޭނެއެވެ. މާލެއިން ގަމަށް ގެންދަން އެންމެ އަގުބޮޑުވިޔަސް 1.5 ރ އަށް ލީޓަރެއް ގެންދެވޭނެއެވެ. އެންމެ ރަނގަޅެވެ. ގަމާ ހިސާބައްގެންދެވޭ އިރު ޖެހޭ ޖުމުލަ އަދަދަކީ 10 ރ ކަމުގައި ބަލާށެވެ. އެހެންކަމަށް ވާނަމަ ލީޓަރެއް 12 ރ އަށް ވިއްކޭނެއެވެ. ލީޓަރަކުން 2 ރ ފައިދާ މަދީ ތޯއެވެ. 16 ރ އަށް ވިއްކައިގެން ސާފުފައިދާގެ ގޮތުގައި ލީޓަރަކުން 6 ރ ޖެހޭނެއެވެ. މިއީ ތަންފުކެއް ބޮޑުވަރެކެވެ. އަތޮޅުތެރޭ ބައެއް ކުދި ރައްރަށުގައި މާލެއިން ފީފާއަކުން ފީފާއަކުން ގެނެސްގެން 12 ރ އަށް ޕެޓުރޯލު ލީޓަރެއް ވިއްކަމުން ދަނީ ފައިސާ ބޭނުން ނުވާތީއެއް ނޫނެވެ. ރައްޔިތުން ފެލަން ބޭނުންނުވާތީއެވެ. ހައްދުންމަތީގައި ވެސް 12 ރ އަށް ޕެޓުރޯލު ލީޓަރެއް ވިއްކާ ވަރަށް ގިނަ ކުދި ރަށްތައް އެބަހުއްޓެވެ. ގަންފޮނަދޫގައި ތެލުގެ ވިޔަފާރި ކުރާ ބޭފުޅުން ގާތު އަހާލަން ބޭނުން ވެއެވެ. ތިޔަ ވިއްކަނީ ރަން ޕެޓުރޯލު ތޯއެވެ.


ވީމާ ވަކިބަޔަކު ބޭނުންހާ ގޮތަކަށް ބޭނުންހާ އަގެއްގައި ތެޔޮފަދަ ތަކެތި ވިއްކިގެން ނުވާނެއެވެ. މިހެން މިގޮތައް ކަންވަމުން ދާއިރު ކައުންސިލުން ހެވިފަ ތިޔަ ތިބެނީ ހުންނަ ނޭއްގާނީ ކަމަކުން ނެވެ. ދެން އެއްޗެކޭ ލިޔުނީމާ ގޯސްވާނީ ލިޔާ މީހާއެވެ.





٧٧٤ مشاهدة٠ تعليق

أحدث منشورات

عرض الكل

留言


bottom of page