top of page
  • صورة الكاتبMiro

މި ނޫން ގޮތެއް ހަމަ ނެތީތަ...؟



ހިތްއެދޭ މަގުން ކަން ނުވުމަކީ އިމްތިހާނެކެވެ. ކޮންމެހެން ވެސް ކަމެއް ކާމިޔާބު ކުރަން ނިޔަތްގަނެ، ނުހަނު އުންމީދު ކޮށްގެން އަހަރެމެން ތިބެމުއެވެ. ނަމަވެސް ވަގުތު އައިސް ޖެހޭ ހިނދު ނަތީޖާ މުޅިން އެހެން ގޮތަކަށް ބަދަލު ވެދެއެވެ. މި ކަމުގެ ސަބަބުން މޮޅިވެރި ކަމުގައި ދުވަސްތައް ގުނެން ފެށެއެވެ. އެހިނދު އެއިގެ ކުރިން ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއް ހަނދާން ނެތޭ ހާލު އަހަރެމެން ބުނަމުއެވެ. ދުވަހަކުވެސް އަހަރެންނަށް ރަނގަޅު ގޮތެއް ނުވެއެވެ. އަބަދުވެސް ވަނީ މިހެންނެވެ. އަހަރެންނަކީ ހާދަހާ ނަސީބު ދެެރަ މީކެވެ. ދުނިޔޭގައު ހުރުމުގެ ބޭނުމެއް ނެތެވެ.


ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެން ވާ ފަރާތެއް ވެއެވެ. އެއީ ހުރިހާ އިންސާނުނަށް މަގުދައްކަވާ ފަރާތެވެ. އެފަރާތުން އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަތެވެ. ހަނދާނުގައި ބަހައްޓަން ވީ މި ޖުމުލައެވެ. އިތުބާރު ކުރަންވީ އެފަރާތުން ދެރަ ގޮތެއް މިންވަރު ނުކުރައްވާނެ ކަމެވެ. ޔަގީން ކުރާންވީ ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަމެވެ. މި ޢިތުބާރު ހިތުގައި ބިންވަޅު ނަގާލެވިއްޖެނަމަ، ކުރިން ދެންނެވި ހުރިހައި ޝަކުވާއެއްގެ ޖަވާބު ލިބޭނެއެވެ. ހިތްއެދޭ ގޮތަށް ކަންކަން ނުވުމަކީ ދެރަ ގޮތް ވުމެއް ނޫނެވެ. ހިތް އެދޭ ގޮތަށް ކަންކަން ވެއްޖެ ނަމަ އެއިން ނިކުންނާނެ ނަތީޖާވެސް އަހަރެމެން ނަކަށް ނޭނގެއެވެ. ވީމާ މި ހުރިހައި ކަމެއް ދެނެވޮޑިގެންވާ ފަރާތުން ކަމެއް ނިންމެވީމާ އެއިގެ މައްޗަށް އަމިއްލަ އެދުން އިސް ނުކުރާށެވެ. އެއީ އެންމެ މޮޅަށް ހުރިހާ ކަމެއް ރާއްވަވާ އިލާހެވެ. މިކަން ޤަބޫލު ކުރާ ނަމަ ރަހުމަތްތެރިންނާއި މިކަން ހިތްސާ ކުރައްވާ، ހެޔޮ ބަހެއް އިވުމުގެ ފުރުސަތު ފަހި ކޮށްދޭށެވެ. ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރާތުގައިވެސް ހެޔޮކަން ދެއްވާ ނަރަކައިގެ ޢަޒާބުން އަޅަމެން ދިންނަވައިފާން ދޭވެ...... އާމީން ✍️ މިރޯ

١٥ مشاهدة٠ تعليق

أحدث منشورات

عرض الكل
ޒިޔާރަތް ކުރެއްވި އަދަދު
  • White Facebook Icon

© 2017-2020 Lionel Miro, Maldives

Miro
މިރޯ

އަޚުގަނޑަކީ ހައްދުންމަތީ ކައްދޫ އަބްދުއް ރަހުމާނުގެ ދަރި ޚަދީޖާ (ކަދީދަ) ގެ ދަރި އަބްދުﷲ ހުސެން (ރާބެ) ގެ ދަރި އިބުރާހިމް ރަޝީދުގެ ދަރި ޢަލީ އިބްރާހިމް އެވެ. އުފަންވީ 1989 ވަނަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އެ އަތޮޅު ދަނބިދުއަށެވެ. ކުރިން ކަޅައިދޫ ރައްވެއްސެކެވެ. ނަމަވެސް މިހާރު މިއަތޮޅު ގަމު ރައްވެއްސެކެވެ.

ހަޤީގަތެއްނެތް ޚިޔާލީ ލިޔުންތަކަށްވުރެ ހަޤީގަތާ ޚިލާފުނުވާ ލިޔުންތައް ލިޔުމަށް ލޯބިކުރަމެވެ. ތާރީޚާއި ސަޤާފަތާއި ބަހުގެ ލިޔުންތައް ލިޔުމަށް ޝަޢުގުވެރި ވެއެވެ. މިއީ އަޅުގަނޑުގެ އަަމިއްލަ ބުލޮގެކެވެ. މި ބުލޮގްގައި ހިމެނޭ %100 ލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ހައްގެކެވެ. ހުއްދަނެތި އެއްވެސް ލިޔުމެއް އެހެން އެއްވެސް ވެބްސައިޓެއްގައި ޕަބްލިޝްކުރުމާއި ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.  މިރޯ

bottom of page