top of page
  • صورة الكاتبMiro

ގަމުރަތްބެ ހަސަން ތާޖުއްދީނުގެ ބައްޕާފުޅު

ހައްދުންމަތީ ގަމު އަލްފަޤީހު މަޙުމޫދު ( ގަމު ރަތްބެ ) އަކީ ދިވެހި ތާރީޚާއި ދިވެހި ޤައުމަށް ނުހަނު ގިނަހުނަ ޚިދުމަތް ތަކެއް ކުރައްވައިފާއިވާ އަލްޤާޟީ ހަސަން ތާޖުއްދީނުގެ ބައްޕާފުޅެވެ. ހަސަން ތާޖުއްދީނުވަނީ ދެފަހަރުމަތިން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައެވެ. ތާރީޚަށް ކޮށްދެއްވި ޚިދުމަތް ތަކުގެ ތެރެއިން ދިޔަމިގިލީ ރަދުންގެ އަމުރުފުޅަށް އަލްޤާޟީ ހަސަން ތާޖުއްދީނު ލިޔުއްވި ތާރީޚު އިސްލާމި ދީބާ މަހަލް (ދިވެހިރާއްޖޭގެ ތާރީޚު) މިފޮތް ފާހަގަ ކޮށްލެވެއެވެ. ހަސަން ތާޖުއްދީނު ފަސްދާނުލެވިފައި ވަނީ މާލޭ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައެވެ. ނިޔައުވި އިރު އުމުރުފުޅުން 67 އަހަރުފުޅެވެ.

ހަސަން ތާޖުއްދީނުގެ ބައްޕާފުޅު ( ގަމު ރަތްބެ ) ފަސްދާނު ލެވިފައި ވަނީ ގަމު ތުނޑީ އަވަށު (މާހިންނަ) އަލަށް މީހުން އާބާދުވި ސަރަހައްދުގައި ހުންނަ ދުވަސްވީ ގަބުރުސްތާނުގައެވެ. މި ގަބުރުސްތަނުގައި އެންމެ ފަހުން މީހަކު ފަސްދާނުލެވިފައިވާ ކަން އެގޭ ތާރީޚަކީ 1951 ވަނަ އަހަރުގައެވެ. އޭގެ ފަހުން މި ގަބުރުސްތާނުގައި މީހަކު ފަސްދާނުލެވިފައި ވާކަން އެނގޭކަށް ނެތެވެ. މި ގަބުރުސްތާނުގައި އިހަށް ނަމާދުކުރާނެ ކުޑަ މިސްކިތެއް ހުރެއެވެ. ނަމަވެސް އަހަރުތަކެއް ކުރިން އެމިސްކިތް ވަނީ ތަޅާލެވިފައެވެ.


ގަމު ރަތްބެ ފަސްދާނުލެވިފައިވާ ގަބުރުސްތާނު - ލ ގަން

އެންމެފަހުން ވަޅުލެވުނު ކަން އެނގޭ ތާރީޚު 1951 މ

٣٥٣ مشاهدة٠ تعليق
ޒިޔާރަތް ކުރެއްވި އަދަދު
  • White Facebook Icon

© 2017-2020 Lionel Miro, Maldives

Miro
މިރޯ

އަޚުގަނޑަކީ ހައްދުންމަތީ ކައްދޫ އަބްދުއް ރަހުމާނުގެ ދަރި ޚަދީޖާ (ކަދީދަ) ގެ ދަރި އަބްދުﷲ ހުސެން (ރާބެ) ގެ ދަރި އިބުރާހިމް ރަޝީދުގެ ދަރި ޢަލީ އިބްރާހިމް އެވެ. އުފަންވީ 1989 ވަނަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އެ އަތޮޅު ދަނބިދުއަށެވެ. ކުރިން ކަޅައިދޫ ރައްވެއްސެކެވެ. ނަމަވެސް މިހާރު މިއަތޮޅު ގަމު ރައްވެއްސެކެވެ.

ހަޤީގަތެއްނެތް ޚިޔާލީ ލިޔުންތަކަށްވުރެ ހަޤީގަތާ ޚިލާފުނުވާ ލިޔުންތައް ލިޔުމަށް ލޯބިކުރަމެވެ. ތާރީޚާއި ސަޤާފަތާއި ބަހުގެ ލިޔުންތައް ލިޔުމަށް ޝަޢުގުވެރި ވެއެވެ. މިއީ އަޅުގަނޑުގެ އަަމިއްލަ ބުލޮގެކެވެ. މި ބުލޮގްގައި ހިމެނޭ %100 ލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ހައްގެކެވެ. ހުއްދަނެތި އެއްވެސް ލިޔުމެއް އެހެން އެއްވެސް ވެބްސައިޓެއްގައި ޕަބްލިޝްކުރުމާއި ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.  މިރޯ

bottom of page