top of page
  • صورة الكاتبMiro

ތަސްވީރުން: ލ އިސްދޫގައި ހުރި ދުވަސްވީ މިސްކިތެއް

تاريخ التحديث: ١٤ يناير ٢٠١٩


ހައްދުންމަތީ އިސްދޫއަކީ ދިވެހި ތާރީޚުގެ ފަތްފުށްތަކަށް އައު ނަމެއް ނޫނެވެ. މިރަށަކީ ތާރީޚީ ވަރަށް ގިނަ ވަހަކަތައް ލިޔެވި ރައްކާކުރެވިފައިވާ ރަށްތަކުގެ ތެރެއިން އެއް ރަށެވެ. މިރަށުގެ ލޯމާފާނާއި، ހައްތެލި (ހަވިއްތަ) އަދި މި މިސްކިތަކީ މިރަށުގައި ފެންނަން ހުރި އެންމެ މުހިންމު ތާރީޚީ ތަރިކަތަކެވެ. މާލޭ ހުކުރު މިސްކިތާއި އިސްދޫގައި ހުރި ދުވަސްވި މިސްކިތް ބިނާ ކުރުމުގައި މާބޮޑު ތަފާތެއް ހުރިކަން ފެންނާކަށް ނެތެވެ. ރާއްޖޭގައި ހުރި މިފަދަ ތާރީޚީ މިސްކިތްތަކުގެ ތެރެއިން އިސްދޫގައި ހުރި މި މިސްކިތަކީ ރީތި އަދި އެހައިމެ ހިތްގައިމު މިސްކިތެކެވެ.


މިސްކިތުގެ ފުރާޅު ކުރިން ހިޔާ ކޮށްފައިވަނީ އީޓު ޖަހައިގެންނެވެ. ނަމަވެސް ގިނަ ދުވަސްވުމުގެ ސަބަބުން ބައުވެ އެތެރެއަށް ފެނުގެ އަސަރު ކުރަން ފެށުމުން މިހާރު ވަނީ ޓިނު ޖަހާ އައު ކުރެވިފައެވެ. ފެނުގެ އަސަރު ކުރުމުގެ ސަބަބުން އެތެރޭގެ މަތި ވަޑާންގަނޑުން ކޮންމެވެސް ވަރަކަށް ލަކުޑި ފީވެފައި ހުރިކަން މި ތަސްވީރުތަކުންވެސް ފެންނަން އެބަހުއްޓެވެ. މިފަދަ އަގުހުރި ބިނާތައް ހަޤީގަތުގައި މިއަށްވުރެ ރަނގަޅަށް ބެލެހެއްޓެން ޖެހޭކަން ފާހަގަ ކުރަމެވެ. ތަސްވީރުތަށް ނެގިފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.


މިސްކިތަށް ދާ މަގު



ކުރިން ހުރި އީޓު ފުރާޅު ބައުވެގެން ޓިނު ޖަހާ އައު ކުރެވިފައި



މިސްކިތުގެ ފާރުތައް ހަދާފައި ހުރީ ހިރި ލިޔެގެން

މިސްކިތުގެ އެތެރޭގެ ދޮރުކޮޅު

މިސްކިތުގެ ދޮރު ހެދިފައިވަނީ ލަކުޑީގައި ލިޔެގެން

( މިސްކިތުގެ އެތެރެ ( ކާޕެޓު އަޅާ އައު ކުރެވިފައި

މިސްކިތުގެ މަތިވަޑާން

މިސްކިތުގެ މަތިވަޑާން


ދުވަސްވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހަލާކުވެފައި

މިސްކިތުގެ އެތެރެ

(އަލިކުރުމަށް ބޭނުން ކުރެވިފައިވާ ބައްތި (ވޮށް

އެލުވިފައިވާ ބައްތީގެ ބައެއް

١٧١ مشاهدة٠ تعليق

Comments


bottom of page