top of page
  • صورة الكاتبMiro

އިތުރަށް ފައިސާ ނުކަނޑާތި؟


ދުވަހެއް ދުވަހަކަށް ދުނިޔެ މިދަނީ ހަލުވި ކަމާއިއެކު ކުރިއަރަމުންނެވެ. ބަދަލުވަމުންނެވެ. އޭގެތެރެއިން ކުޑަ މިންވަރަކަށް ބަލާލަމާތޯއެވެ. ބޮލި ކަރުދާހަށް ބަދަލުވެ މިހާރު މިވަނީ އެއަށްވުރެވެސް ބޮޑަށް އަދާހަމަވެފައެވެ. ފައިސާގެ ގޮތުގައި ކަރުދާސް ގެންގުޅުމަށްވުރެ ސުމާޓްކާޑެއް ޖީބުގައި ބޭއްވުން މާބޮޑަށްވެސް ރަނގަޅުވެފައި ފަސޭހައެވެ. ރައްކާތެރިއެވެ. ނަމަވެސް ކޮންމެކަމެއްވެސް މައިގަޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ދެކަމެއްގެ މައްޗަށެވެ. ރަނގަޅާއި ނުބައެވެ. ފައިދާއާއި ގެއްލުމެވެ. މި ލިބުނު ފަސޭހައާއިއެކު މިވަނީ ނުހައްގުން ފައިސާ ހޯދާނެ ގޮތްތަކެއްވެސް އުފެދިފައެވެ. ބޭންކުތަކުން ދޫކުރާ ކުރެޑި އަދި ޑެބިޓް ކާޑުފަދަ ކާޑުތަކުން ވިޔަފާރި ކުރާއިރު ގަންނަ މުދަލުގެ އަގުގެ އިތުރުން ފައިސާ ނަގާ މައްސަލައެވެ. ބައެއްފިހާރަތަކުން ވިޔަފާރި ކުރާއިރު ކަރުދާސް ނޫޓުންނަމަ ހަމަ އަގު ބަލާގަނެއެވެ. ކާޑުން ފައިސާ ދައްކާނަމަ އަގުގެ އިތުރުން %3 ނަގައެވެ. ބައެއް ފިހާރަތަކުން %6 ވެސް ނަގައެވެ. އެނގޭހެއްޔެވެ. މިއީ ނުހައްޤުން ނަގާ ފައިސާއެކެވެ. ހުއްޓުވަން ޖެހޭ ޖަރީމާއެކެވެ. ވީމާ މިގޮތަށް ފައިސާ ނަގަމުންދާ ނަމަ އަދި މިފަދަ ކަމެއް ދިމާވާނަމަ ރިޕޯޓުކުރަން ހަނދާން ނައްތާ ނުލާށެވެ. ލަސްނުކުރައްވާ ބީއެމްއެލްގެ ކާރޑު ސެންޓަރާ ގުޅުއްވާއިގެން މައްސަލަ ރިޕޯރޓު ކުރައްވާށެވެ. ހުއްޓާނީ ހުއްޓުވައިގެންނެވެ.

١٠٧ مشاهدات٠ تعليق

أحدث منشورات

عرض الكل

Comments


bottom of page