top of page
  • صورة الكاتبMiro

މޮޅުފޯނެއް ގަންނާނީ ކިހިނެއް؟




މިއީ ވަރަށް ގިނައިން އަޅުގަނޑާ ކުރިމަތިވާ ސުވާލެކެވެ. ޢާއިލާ މީހުންނާ ރަށްޓެހިންގެ އިތުރުން ދެކެ ފަރިތަ މީހުންގެ ފަރާތުންނެވެ. “ރަނގަޅު ފޯނެއް ބުނެބެލަ؟ ގެންގުޅެލަން ރަނގަޅުވާނީ ކޮންކަހަލަ ފޯނެއް؟” ވަރަށް ކުރު ސުވާލެކެވެ. ޖަވާބު ކުރުކޮށް ދެވޭތޯ ބަލާނަމެވެ.

ދުނިޔޭގެ ބާޒާރަށް ދުވާލަކު އެތައްވައްތަރެއްގެ ފޯނުތަށް އެކިއެކި ކުންފުނިތަކުން ނެރެމުންދާއިރު މިހާރު މިވަނީ މޯބައިލް ފޯނުގެ އަސްލާއި ނަސްލު އޮޅޭހިސާބަށް ގޮސްފައެވެ. އެހާވެސް ބާޒާރުގައި ފޯނުތައް ގިނައީއެވެ. ރަނގަޅު ނުބައި ހަމަ ރަނގަޅަށްވެސް އޮޅެނީއެވެ. ކޮންމެކަމެއްގައި ވެސް ރަނގަޅު ނުބައި ދެނެގަންނަން މިއެނގެނީ އެކަމުގެ އަހުލުވެރިންނަށެވެ. އެގޮތުން މިސުވާލު އަޅުގަނޑާ ކުރިމަތިވަނީއެވެ.

ޔަޤީނުންވެސް އެންމެރަނގަޅުވާނީ އެންމެފަހުންނެރޭ ފޯނެވެ. ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު އަބަދުވެސް އެންމެފަހުން އުފައްދާ އުފެއްދުން އޭގެ ކުރީގެ އުފެއްދުމަށް ވުރެން ޔަގީނުންވެސް އަދާހަމަ (އަޕްޑޭޓް) ވާނެއެވެ. އެންމެ ވަރުގަދަޔަށް ފޯނު އުފައްދާ ދެ ކުންފުނިކަމުގައިވާ އެޕަލް އަދި ސެމްސަންގ ފޯނަކީ އެންމެ ރަނގަޅު ފޯނު ކަމުގައި އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ގިނަފަހަރަށް މި ކުންފުނިތަކުން ނެރެން ރާވަމުންދާ ފޯނު ބާޒާރާށް ނެރުމުގެ ކުރިން އޭގެ ނަކަލު (ކޮޕީ) ނިކުމެ ބާޒާރުގައި ދައުރުވާން ފަށައެވެ. ކަޅުބާޒާރު ގައި ފޯނު އުފައްދާ ކުންފުނިތަކުން އެންމެ އިސްކަމެއް ދެނީ އެޕަލް އާއި ސެމްސަންގް ގެ ޑިޒައިންތަކަށެވެ. އަދި ބްރޭންޑްގެ ގޮތުގައިވެސް މިދެނަން ބޭނުން ކުރުމަކީ ގިނަމީހުންނަށް އަސްލު އޮޅެން ދިމާވެފައިވާ އެންމެބޮޑު ސަބަބެވެ. މި ބުނާ ކޮޕީ ފޯނުތަށް ގަންނަ މީހުންވެސް މަދެއް ނޫނެވެ. މިބައި ބެހެނީ ދެބަޔަކަށެވެ. އެއްބަޔަކީ އަގުހެޔޮކޮށް ފޯނެއް ގަނެލަން ބޭނުންވެގެން ގަންނަމީހުންނެވެ. އަނެއްބަޔަކީ މިގަނެވެނީ ކޮންއެއްޗެއްކަން ނޭނގި ތިބެ ގަންނަމީހުންނެވެ.

ކިޔައިދޭން މި އުޅެނީ އޮރިޖިނަލް އާއި ކޮޕީ ފޯނު ވަކި ކުރާނެގޮތެއް ނޫނެވެ. މޮޅުފޯނެއް ގަންނާނެގޮތެވެ. ކޮންމެ މިހަކީވެސް ތަފާތު މީހެކެވެ. ތަފާތު މަސައްކަތެއް ކުރާ އަމިއްލަވަންތަ މީހެކެވެ. އެއްޗެއް ގަންނައިރު އެންމެ ފުރަތަމަ ބަލަންވާނީ ގަނެވޭ އެތި ތިމާއާ އެކަށީގެންވޭތޯއެވެ. ވީމާ އެންމެ ފުރަތަމަ ފޯނެއް ގަންނަން ބޭނުން ކަމަށް ވާނަމަ ވިސްނަންވީ ތިމާ އަކީ ކޮންކަލަ މީހެއްކަމެވެ. ތިމާ ކުރަނީ ކޮންކަހަލަ މަސައްކަތެއްތޯ ނުވަތަ ފޯނުން ތިމާ ކުރާނީ ކޮންކަމެއްތޯއެވެ. މިސުވާލުތަކަށް އަމިއްލައަކަށް ޖަވާބު ހޯދާށެވެ. މޮޅަސް، ދެރަޔަސް އެންމެފަހުން ބާޒާރުން ލިބެން ހުންނަ އެންމެ އަގުބޮޑު ފޯނު އެއީ ކޮންއެއްޗެއްކަން ނޭނގުނަސް ގަނެގެން އަތުގައި އޮތްކަން ދެއްކުމަކީ އިންސާނާގެ ޠަބީޢަތެވެ. ފޯރުންތެރިކަމެއް ނެތަސް ފޯރާކަން ދެއްކުމަކީ އިންސާނާގެ ގައިގާ ހުންނަ ވަރަށް ނުބައި ސިފައެކެކެވެ.

ކުރިން ފާހަގަ ކޮށްލި ތިން ސުވާލަށް ޖަވާބު ނުދީ އެންމެފަހުން ބާޒާރަށް ނެރުނު އެންމެ އަގުބޮޑު ފޯނު ގަތުމަކީ ބައެއްމީހުންނަށް ކުރެވޭ ވަރަށްބޮޑު ބޭކާރު ކަމެކެވެ. މީހުންގެ ކުރިމަތީގައި ވެވޭ ބޭޒާރެކެވެ. ދަރަންޏަށް ދަރާވިކިގެން 1000 ޑޮލަރު ޚަރަދުކޮށް ފޯނުގަނެގެން “ފްލީޒް ކޯލް” ފޮނުވީމާ އެވަނީ ބޭޒާރެކެވެ. އަދި ފޯނާއި ކުޅެލަން ނޭނގި ފޯނު ގަންނަން ޚަރަދު ކުރި އަގާ އެކަށީގެންވާވަރު ނޫންކަމުގައި ވިޔަސް ކުޑަނަމަވެސް މިންވަރަކަށް އޭގެން ލުޔެއް ފަސޭހައެއް ނުލިބި ހަމައެކަނި ފޯނު އޮތްކަން ދައްކާލަން ގަތުމަކީ ކުރެވޭ ބޭކާރު ކަމެކެވެ. އެކަހަލަ މީހަކަށް އެފޯނު އެކަށީގެން ނުވެއެވެ. އެހެންވީމާ އެފޯނު އޭނާއަކަށް މޮޅެއް ނުވިއެވެ.

ވީމާ މޮޅު ފޯނެއް ގަތުމަކީ ތަނަކުން އަގުބޮޑު އެއްޗެއް ގަތުމެއްނޫނެވެ. ތިމާއަށް އެކަށީގެންވާ އެއްޗަކީ ތިމާއަށް އެންމެ މޮޅު އެތިކަމުގައި ބަލާށެވެ. ވުމާއެކު އެންމެ ފުރަތަމަ ބަލަންވާނީ ތިމާގެ ދާއިރާ އާއި އާމްދަނީ އަށެވެ. މިވަގުތު ބާޒާރުގައި ލިބެން ހުރި އައިފޯނު އެކްސް އަކީ އެންމެ މޮޅު އަދި އެންމެ ފަހުގެ ފޯނުކަމުގައި އަޅުގަނޑު ޤަބޫލު ކުރަމެވެ. ނަމަވެސް އާމްދަނީ އެއްގެ ގޮތުގުއި -/6000ރ ނުވަތ -/10،000ރ ލިބޭ މީހަކު ރަނގަޅު ފޯނެއް ބުނެދޭށޭ ބުނީމާ އައިފޯނު އެކްސް އެކޭ ނުބުނާނަމަވެ. ސަބަބަކީ އެމީހުންނަށް އެ ފޯނު އެކަށީގެން ނުވާތީއެވެ. އަސްލު އޮޅުވާ ނުލާށެވެ. އޭރުން ނަފުސު އޮޅިދާނެއެވެ.

٤٣ مشاهدة٠ تعليق

أحدث منشورات

عرض الكل
ޒިޔާރަތް ކުރެއްވި އަދަދު
  • White Facebook Icon

© 2017-2020 Lionel Miro, Maldives

Miro
މިރޯ

އަޚުގަނޑަކީ ހައްދުންމަތީ ކައްދޫ އަބްދުއް ރަހުމާނުގެ ދަރި ޚަދީޖާ (ކަދީދަ) ގެ ދަރި އަބްދުﷲ ހުސެން (ރާބެ) ގެ ދަރި އިބުރާހިމް ރަޝީދުގެ ދަރި ޢަލީ އިބްރާހިމް އެވެ. އުފަންވީ 1989 ވަނަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އެ އަތޮޅު ދަނބިދުއަށެވެ. ކުރިން ކަޅައިދޫ ރައްވެއްސެކެވެ. ނަމަވެސް މިހާރު މިއަތޮޅު ގަމު ރައްވެއްސެކެވެ.

ހަޤީގަތެއްނެތް ޚިޔާލީ ލިޔުންތަކަށްވުރެ ހަޤީގަތާ ޚިލާފުނުވާ ލިޔުންތައް ލިޔުމަށް ލޯބިކުރަމެވެ. ތާރީޚާއި ސަޤާފަތާއި ބަހުގެ ލިޔުންތައް ލިޔުމަށް ޝަޢުގުވެރި ވެއެވެ. މިއީ އަޅުގަނޑުގެ އަަމިއްލަ ބުލޮގެކެވެ. މި ބުލޮގްގައި ހިމެނޭ %100 ލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ހައްގެކެވެ. ހުއްދަނެތި އެއްވެސް ލިޔުމެއް އެހެން އެއްވެސް ވެބްސައިޓެއްގައި ޕަބްލިޝްކުރުމާއި ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.  މިރޯ

bottom of page