top of page
  • صورة الكاتبMiro

ފޮނަދޫގައި ކުޅިއެއް ހިމާޔަތް ކޮށްފި



ހައްދުންމަތީ ފޮނަދޫ އަކީ އެއަތޮޅުގެ ވެރިރަށެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ފޮނަދުއަށް އަރައިފައިބައެވެ. އަތޮޅު ކައުންސިލާއި، އަތޮޅު މަދަރުސާ އާއި އަތޮޅުގެ އެކިއެކި އިދާރާވިދާރާތައް ހުންނަނީ މިރަށުގައެވެ. ބީއެމްއެލް ލާމު އަތޮޅު ބުރާންޗު ވެސް ހުންނަނީ މި ރަށުގައެވެ. ގިނަބަޔަކު މި ރަށަށް ދާން ޖެހޭ ސަބަބަކީ ވެސް މިއީ ކަމުގައި ވެދާނެއެވެ. މި އިދާރާ ހެދިފައި ހުންނަނީ ރަށުގެ ބަނދަރު ސަރަހައްދާއި ނުހަނު ގާތުގައެވެ. އަރައިފައިބާ ކޮންމެ މީހަކަށް ވެސް ފެންނަ އެންމެ ރަނގަޅު ހިސާބު ގައެވެ.


ނަމަވެސް ހިތާމައަކީ، މި ސަރަހައްދުގައި ކުޅިއެއް ހިމާޔަތް ކޮށްފައި އޮންނަ އޮތުމެވެ. ރަށަށް އަރާއިގެން ދާ އެކިއެކި ބޭފުޅުންނާއި، ބޭންކުގެ ޚިދުމަތް ހޯދަން ދާ ރައްޔިތުން، މި ކުޅި ހުރަސް ކޮށްފައި ބޭންކަށް ދާންޖެހޭ ޖެހުމެވެ. ކުޅިއެއް ހިމާތް ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ރައްޔިތުންނަށް ދަތިތަކާއި ތަކުލީފު ނުޖެހޭނެހެން ކަންކަން ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ. ބީއެމްއެލް ފޮނަދޫ ބުރާންޗު ދޮރުމަތީގައި ޗަކަ ފެންގަނޑެއް، އިންތިހާއަށް ނަޖިސްވެފައި އޮންނަތާ ދިހަބާރަ މަސް ވެދާނެ ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެއްފޫޓާއި ދޮޅުފޫޓާއި ދެމެދުގެ މިންވަރަކަށް މި ސަރަހައްދުގައި ފެން އެބަ ހުއްޓެވެ. ގަން ފޮނަދޫ އަކީ ފެންތިލަ ރަށްތަކެއް ކަމުން ވެހޭ ވާރެއާއި އެކު ފެންފެންގަނޑު ހެދުމަކީ އެކަށީގެން ވާ ކަމެކެވެ. ނަމަވެސް މިހާ ގިނަ ދުވަސް ވަންދެން މިފަދަ ކަންކަން ފަރުވާއެއް ނެތި ދޫކޮށްލެވިފައި ވުމަކީ އެކަށީގެން ވާ ކަމެއް ނޫނެވެ.މިއިން ދޭހަވަނީ ވެރިންގެ ޒިންމާދާރުކަން ކުޑަކަމެވެ.  


އަޅުގަނޑަށް މި ސަރަހައްދު މިހާދުވަސް ވެފައި  މިހެން އޮންނަތަން ފެނުމުން ސިފަވަނީ، މިސަރަހައްދަކީ ހިމާޔަތް ކުރެވިފައި ވާ ސަރަހައްދެއް ގޮތުގައެވެ. މިހެން ދަންނަވަން މިޖެހެނީ ޚުދު ފޮނަދޫ ރައްޔިތަން ވެސް މި ކަމާއި އަޑު ނުއުފުލާތީއެވެ. އަޅުގަނޑަށް ހީވަނީ މި ކުޅިއަކީ ފޮނަދޫ ރައްޔިތުން ނަށް ވެސް ވަރަށް ކަމުދާ ކުޅިއެއް ހެންނެވެ. އަބްދުއްރަހީމަށް ހިމާޔަށް ނުކުރެވުނު ކުޅި ސިރާޖު ހިމާޔަތް ކޮށް މިއޮތީ ކުރި ހޯދާފައެވެ. އަތޮޅު ކައުން ސިލުގެ ރައިސް އަކީ މިއަތޮޅު ގަމުގައި ދިރިއުޅުއްވާ ބޭފުޅެކެވެ. ނަމަވެސް ކޮންމެ ދުވަހަކު އޮފީހަށް ގޮސް އައިސް އުޅުއްވަނީ މި ކުޅި އާއި އެކުވެގެން އޮންނަ މަގުންނެވެ. އޮފީހަށް ވަޑައިގަންނަވައި ފިނަމަ މި ކުޅި ފެންނާނެ ކަން ގައިމެވެ. މި ނޫން އެހެން ދިމާއަކަށް މި ކުޅި ބަދަލު ކުރުމުގެ ޚިޔާލެއް މި ވެރިންގެ ނެތުމީ ހަމަގައިމުވެސް އަޅުގަނޑު ނުހަނު ހިތާމަ ކުރާ ކަމެކެވެ. އެހެނީ އަތޮޅުވެރިކަން ކުރާ ރަށަށް ލިބޭ ހަޑިއަކީ އަތޮޅަށް ލިބޭނެ ހަޑިއެއް ކަމުގައި ވާތީއެވެ. އަތޮޅުގެ ނަމޫނާ ރަށެއްގެ ގޮތުގައި ކޮންމެ އަތޮޅެއްގައި ވެސް އެއަތޮޅެއްގެ ވެރިކަން ކުރާރަށް އޮންނަން ޖެހެއެވެ.

٥١٩ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page