top of page
  • صورة الكاتبMiro

އެހީތެރިވުމުގެ ނަމުގައި ފަސާދަކުރުން، ވޯޓްދޭންވީ ކާކަށް؟


ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމައި، މީހުނަށް އެހީތެރި ވުމަކީ ވަރަށް ވެސް މާތް އެހާމެ މަތިވެރި ޘަވާބައި ދަރަމަ ލިބޭނެ ކަމެކެވެ. އަދި ބޭނުން ޖެހިފައިވާ މީހާ ތަނަވަސް ފުދުން ތެރި މީހާގެ ގާތުގައި އެހީ ތެރިމަކަށް އެދުމަކީ ލަދުވެތި ކަމެއްވެސް ނޫނެވެ. ތިމާގެ ދެރަކަމައި ނިކަމެތިކަމެއްވެސް ނުމެނޫންމެއެވެ. އެކި މީހުންނަށް ތަނަވަސްކަން ދެއްވަނީ އެކިވަރަށެވެ. ހުރިމީހުން ނެތް މީހުންނަށް އެހީވާން ޖެހެއެވެ. އަދި ނެތް މީހުން ހުރިމީހުން ކައިރިން އެހީއަށް އެދެނެވެސް ޖެހެއެވެ. ކަން މިހެން އޮތްއިރު ވިސްނަންވި ކަމަކީ ކޮންމެ ކަމެއް ވެސް ކުރަން ޖެހޭ އުސޫލެއް ގޮތެއް ކަނޑައެޅިފައި އޮންނަ ކަމެވެ. ކަންކަން ކުރަން ޖެހޭ ވަގުތައި ހާލަތެއްވެސް އޮންނަކަމެވެ. އެކަމެއް ކަނޑައެޅިފައި އޮންނަ ގޮތަށް ނުކުރާނަމަ އެކަމެއް ގުނާނީ ގޯހުގެ ގިންތީގައެވެ. އެހިސާބުން މިސްރާބު ބަދަލުވެގެން ދަނީ ފަސާދައާޢި ނުރައްކަލާއި، ނިކަމެތިކަމައި ދިމާއަށެވެ.


އިޚްލާޞްތެރިކަމަކީ ކަން ކުރަން ޖެހޭ ގޮތަށް ކުރުމެވެ. އަދި އެހީތެރިވުމަކީ ރިޝްވަތު ދިނުމެއް ވެސް ނޫނެވެ. އެހީތެރިކަމަކީ އެއްވެސް ކަމަކަށް ޝަރުތު ނުކުރާހިނދު އެދުމެއް ނެދި ކުރެވޭ ވެދުމެވެ.

ސިޔާސީ މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރަން ބޭއްވޭ އެކިއެކި އިންތިޚާބު ތަކުގެ ދުވަސްވަރުވެފައި ވަނީ މިގޮތުން އެންމެ ގިނަ ބައެއްގެ ތަދުފިލުވޭ ދުވަސް ވަރަށެވެ. ރަށުތެރެ ތިޔާގި ދުވަސް ވަރަކަށެވެ. ގިނަބަޔަކަށް ކެންޑިޑޭޓް ފެންނަނީ ފައިސާ ޖަހާ މެޝިނެއްގެ މިސާލުގައެވެ. ކަމާ ކަންފަށާ އެހީއަށް އެދެން ސަފު ހަދާލައެވެ. ފޯނު ކޯލުގެ ޒަރިއްޔާއިންނާއި ލަދުވެތި، ކަމެއް ނެތި ކުރިމަތިލާ ކުރިމަތިލުން ތަކަކުންނެވެ. އާދޭހެ! ލަދަކައި ހުރެ ތަދެއް ނުފިލާނެއެވެ. ނުރޯދަރިއަކަށް ކިރެއް ވެސް ނުލިބޭނެއެވެ. އެހެނަށް ދަންނަވަން މިއުޅޭ ވާހަކަ އަކީ ކޮންމެ ކަމެއްވެސް ކުރަން ޖެހޭ ވަގުތެއް ކަނޑައެޅިފައި އޮންނަ ވާހަކައެވެ. އާނއެކެވެ ! ވޯޓަކީ ތިމާއަށް ލިބިފައިވާ ހައްގެކެވެ. ނަމަވެސް ވޯޓު ދިނުމަށް އެއްވެސް ޝަރުތެއް ކަނޑައަޅައިގެން ނުވާނެއެވެ. ވޯޓް ނުދީ ގަސްދުގައި އިންތިޚާބެއްގައި ބައިވެރި ނުވެ ހުރެގެންވެސް ނުވާނެއެވެ. މިއީ ޤައުމީ ވާޖިބެކެވެ. ފަރުދީ ޒިންމާއެކެވެ. އިންތިޚާބުގައި ބަޔަކު ކުރިމަތި ލައްވަނީ ވަރަށް މާތް މަޤްސަދެއްގައެވެ. ރައްޔިތުންގެ ތެރެއިން އެންމެ ފަރުދަކުވެސް ބާކީ ނުވާހެން ހުރިހާ ފަރުދުންގެ ހައްޤްގައެވެ. މުޅި ގައުމުގެ ޚިދުމަތުގައެވެ.


ތާޢީދު އޮތްނެތް ތޯ ބައްލަވަން ގޭގޭ ދޮށަށް ހިންގަވާ ރައްޔިތުންގެ އިޙްޞާސްތަކުގެ ވާހަކަ އެއްސެވުމުން، ދައްކަން ޖެހޭނީ އެންމެހައި ރައްޔިތުންނަށް ޖެހިފައިވާ އުނދަގޫތަކާއި ބޭނުން ޖެހިފައިވާ ކަންކަމުގެ ވާހަކައެވެ. ރަށުގައި ކޮންމެހެން ހުންނަން ޖެހޭ ވަޞީލަތް ތަކުގެ ވާހަކައެވެ. އަމިއްލަ ގޭގެ ފުރާޅުގައި ހުރި ލޯވަޅަކުން ފެންހިޔާ ނުވާ ވާހަކަ ދައްކައިގެން ނުވާނެއެވެ. ޖަލުގައި އޮތް ދަރިފުޅުގެ ވާހަކަ އާއި މާލެ ދާނެ ދެކޮޅު ޓިކެޓްގެ ވާހަކަ ދައްކައިގެން ނުވާނެއެވެ. ގިނަ ރައްޔިތުން ދިރިއުޅުމުގެ ހާލަތު ހުންނަނީ ލިބޭ އެއްޗަކުން ކިރިޔަ ކިރިޔާ ފުދޭނުފުދޭ ހިސާބުގައި ކަން އަޅުގަނޑު ދަންނަމެވެ. އެހެން ނަމަވެސް މިގޮތަށް މިކަން ކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރަނީ ތިމާއަށް އެކަންޏެއް ނޫނެވެ. މުޅި ދާއިރާގެ، މުޅި ގައުމުގެ އެންމެހާ ރައްޔިތުންނަށެވެ. މި ނިކަމެތި ކަމުން ސަލާމަތްވެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރެވޭނީ ކޮންމެ ރައްޔިތަކުމެ އަމިއްލަ އެދުން އިސްކުރުމެއް ނެތި އިޚްލާޞްތެރިކަމައި އެކު ވޯޓުދީގެންނެވެ.


ދަންނަވަންތޯ އެވެ. އިހަށް ރައްޔިތުންގެ ވާހަކަ އެއްފަރާތް ކޮށްލަމާ ހިނގާށެވެ. ބައެއް ކެންޑިޑޭޓުންގެ ޢަމަލުތަށް ވެސް ހުންނަނީ ހަމަ މިފަދަ ގޮތަކަށެވެ. ވޯޓު ހޯދުމައި މަޤާމު ހާޞިލް ކުރެއްވުމުގެ ނިޔަތުގައި، ބޮޑެތިއެހީތަށް ވަމުންގެންދަވާތީ ފެނެއެވެ. އެއީ އޯގާތެރި ކަމެއް ކަމުގައި އެއްވެސް ރައްޔިތަކު ދެކެގެން ނުވާނެއެވެ. ތެދުވެރި ހިތެއްގެ ވެރިއަކު ދިރިއުޅުމުގެ ހާލަތު ކިތަންމެ ދަށަސް އެފަދަ ހަދިޔާއެއްގައި ނުހިފާނެއެވެ. އަދި ތެދުވެރި މީހަކު އެފަދަ ހަދިޔާއެއް ނުވެސް ދޭނެއެވެ. ވޯޓު ދޭންވާނީ އެއްވެސް ޝަރުތެއް ކުރުމެއްނެތި މަޖުބޫރެއް ނެތި އެމީހަކު އެންމެ ޤާބިލު ކަމަށް ދެކޭ މީހަކަށެވެ. ވޯޓާއި ގުޅިގެން ހަދިޔާ ހިފުމައި، ދިނުމަކީ ފަސާދައެވެ. ކޮރަޕްޝަނެވެ. ނަތީޖާއަކަށް ވަނީ، އިންތިޚާބުގެ ދުވަސް ވަރު ވަކިވަކި ފަރުދުންގެ ތަދުފިލުވައި ދެވިފައިވާތީ، މަޤާމަށް ހޮވި ވަޑާއިގަތުމުން، ރައްޔިތުންގެ މަތިން ހަނދާން ނުވުމެވެ. ރައްޔިތުންގެތެރެއިން ވަކިބަޔަކު ކޮރަޕްޝަނުގައި ޖެހުމުގެ ސަބަބުން އިޚްލާޞްތެރިވި ރައްޔިތުންނަށް ގެއްލެނީ އެމީހުންގެ ހައްޤްތަކެވެ. އެހިސާބުން ރަނގަޅަށް ތިބިމީހުން ކޮރަޕްޝަނާޢި ދިމާއަށް ދިއުމަށް މަޖުބޫރުވަނީއެވެ.


އަޅުގަނޑުގެ އިލްތިމާޞްއަކީ އެއްވެސް ރައްޔިތަކު ވޯޓް ދުވަސްވަރު ވޯޓުދޭނެކަމަށް ބުނެ އެއްވެސް އެހީތެރިކަމަކަށް ނުއެދުމެވެ. އަދި ކެންޑިޑޭޓަކު ދެއްވާ އެއްވެސް އެހީއެއްގައި ނުހިފުމެވެ. ވޯޓާއި ގުޅިގެން ވަކިވަކި ފަރުދުންގެ ތަދުފިލުވައިދީ، އެފަދައެހީ ތެރިކަން ފޯރުކޮށްދޭ ކެންޑިޑޭޓުންނަށް ވޯޓްނުދިނުމެވެ. ކޮރަޕްޝަނަށް ނޫނެކޭ ބުނާށެވެ. ނޫންނަމަ ކިތަންމެ ވަރަކަށް ހަޅޭލިޔަސް އާޚިރު ނަތީޖާއަކަށް ފަސާދަ ނޫންއެއްޗެއް ނުނިކުންނާނެއެވެ. އިޚްލާޞްތެރިކަމަކީ ކަން ކުރަން ޖެހޭ ގޮތަށް ކުރުމެވެ. އަދި އެހީތެރިވުމަކީ ރިޝްވަތު ދިނުމެއް ވެސް ނޫނެވެ. އެހީތެރިކަމަކީ އެއްވެސް ކަމަކަށް ޝަރުތު ނުކުރާހިނދު އެދުމެއް ނެދި ކުރެވޭ ވެދުމެވެ.

٢١ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page