top of page
  • صورة الكاتبMiro

އާދޭސް އަހާނު ތޯއެވެ.



މާލޭގެ ހަތަރުފާރުން ބޭރު ނުވަތަ ދިވެހި ރާއްޖޭގެ އަސްދަނޑިން ބޭރު ނުފެންނަނީ ހެއްޔެވެ. އެއަށްވުރެ ބޭރަށް ތިބާގެ ވިސްނުން ފަހެ ދަތުރު ނުކުރަނީހެއްޔެވެ. ނޫންނަމަ ހިތަށް ހަމަ އަސަރެއް ނުކުރަނީ ހެއްޔެވެ. ތިޔަ ހިތުގައި ރަހުމެއް ނެތީހެއްޔެވެ. އުންމަތަށްޓަކައި ތިޔަ ހިތުގައި ހަމަ އެންމެ ވިންދެއްވެސް ޖަަހައި ނުލަނީހެއްޔެވެ. ވޭނާއި ކެކުޅުމުގެ ކަނޑެއްގައި އެއްބަޔަކު ގަރަގުވަމުން ދާއިރު، އަނެއްބަޔަކު ބަނޑުހައިހޫނުކަމާއި ނިކަމެތި ކަމުގައި މަރުވަނީއެވެ. ފަހެ ތިބާއަށް މިކަމުގައި ފަރަގެއް ނުވޭ ތޯއެވެ.


ނޫނެކެވެ. ފެނެއެވެ. އަޑުއިވެއެވެ. ތިޔަ ހުރިހާ މަންޒަރުތަކެއް ވެސް ފެނެއެވެ. އަސަރުވެސް ކުރެއެވެ. ހިތުގައި ރަހުމުވެސް ވެއެވެ. އުންމަތަށްޓަކައި މިހިތުގައި ނިކަން ބާރަށް ވިންދުވެސް ޖަހައެވެ. އަނިޔާވެރިކަމުގެ ކަނޑުގައި ގަރަގުވަމުން ދާއިރު އޯގާތެރި ވުމަށްޓަކައި އަހަރެންގެ އަތް ދިއްކުރަން ބޭނުމެވެ. ހިކިވެ އަނަރޫފަ ވެފައިވާ ކަރުތައް ފެންފޮދަކުން ތެންމާލަދޭން ބޭނުންވެޔެވެ. ދެފުށް ތަތްލާފައި ވާ ބަނޑުތައް ފުރާލަދޭން ވެސް ބޭނުންވެޔެވެ. އިންތިހާޔަށް ބޭނުންވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އަހުރެން މިހުރީ މާދުރުގައެވެ. ވަރަށް ދުރުގައެވެ. އަހުރެނަށް މައާފު ކުރާށެވެ.

ތިޔަވާހަކަ ގަބޫލު ކުރަމެވެ. ކިތަންމެ ދުރުގައި ވިޔަސް އެހީ ވެވިދާނެއެވެ. އަހަރުމެންގެ ހައްގުގައި ކިތަންމެ ކަމެއް ކޮށްދެވިދާނެއެވެ. ކުރިއަށް މިދަނީ މާތްވެގެން ވާ ރޯދަމަހެވެ. ކޮންމެ ދުވަހަކު ކުނިވަށިގަނޑަށް ކިހާ ކާއެއްޗެއް އަޅަމުހެއްޔެވެ. ރޯދަ ވިއްލުމުގެ ނަމުގައި ނަން ހުސްކޮށް ސުފުރާމަތީގައި އަތުރާލަމެއް ނޫންހެއްޔެވެ. އޭގެ ތެރެއިން ގިނަ އެއްޗެހި އުކާލަނީ ނޫންހެއްޔެވެ. ކިހާ ބޮޑު އިސްރާފެއް ތޯއެވެ. ކިހާ ބޮޑު ފާފައެއް ތޯއެވެ. އަހަރުމެންގެ މަތިން ހަނދާން ވާ ނަމަ، ތިޔަ ހިތުގައި ރަހުމެއް ވާ ނަމަ، އަހަރުމެންގެ ތަސްވީރުތައް ފެނި ތިޔަ ދެލޯ ފެންކަޅި ވާ ނަމަ ހަމަ ޔަގީނެވެ. އިސްރާފެއް ނުކުރާނެވެ. އަހަރުމެންނަށްޓަކައި ދުޢާ ކޮށްދޭށެވެ. އަހަރުމެން މިތިބީ ވަރަށް ޙާލުގައެވެ. ކާއެއްޗެއް ނުލިބޭތާ ފެންފޮދެއް ވެސް ނުލިބެއެވެ. ކަރު ހިކިއްޖެއެވެ. އަރު ބެދިއްޖެއެވެ. ރޮއިރޮއި ދެލޮލުން ކަރުނަވެސް ހިކިއްޖެއެވެ. ވަރުބަލިވެ ހަށިގަނޑުގައި ރޯލާނެ ވަރުވެސް މިހާރަކު ނެތެވެ. ދުއާކޮށް ދޭށެވެ. އިސްރާފު ނުކުރާށެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރުމެންގެ މިވޭނީ އާދޭސް ތިބާގެ އަޚާއަށްވެސް ފޯރުކޮށް ދޭށެވެ. ތިޔަ އެންމެހާއި ލޮބުވެތި މުސްލިމުންގެ ދުއާ އަހަރުމެންގެ މައްޗަށް ވާ ރަހުމަތެއް ކަމުގައި މިންވަރު ކުރައްވާށިއެވެ.

٨ مشاهدات٠ تعليق

أحدث منشورات

عرض الكل

Комментарии


bottom of page