top of page
  • صورة الكاتبMiro

ރަހުމަތްތެރިންގެ ލިސްޓުން އުނި ނުކުރާށެވެ.



މިއީ 1980 ގެ އަހަރުތަކެއް ނޫނެވެ. 2019 އެވެ. މީހަކާއި ބައްދަލު ކުރުމަށް ކަމާ ކަންފަށާ މަގުމައްޗަށް ނިކުމެ ދިމާވާހާ މީހެއްކައިރީ އޭނާ ދުށިންތޯ، ވީތަނެއް އެނގޭތޯ އަހަމުން ގޭޭގޭ ދޮށަށް ހިނގާ ޒަމާނެއް ނޫނެވެ. މުޅިދުނިޔެ ކުޑަވެެ އިޖުތިމާއީ ވިއުގައިން ގުޅިފައިވާ ޒަމާނެކެވެ. ރައްޓެހިން، ރަޙުމަތްތެރީން، ދަންނަ ދެކެފަރިތަމީހުނާއި އަދި ނުދަންނަ މީހުންވެސް މިތިބެނީ ފަޅި ސުކުންތަކުން އެމީހުންގެ ޚަބަރުދަބަރު އެނގޭހައި ގާތުގައެވެ. ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އެމީހަކު ބޭނުން ކުރާ އެޕްލިކޭޝަންތަކުން ރައްޓެހިންގެ ލިސްޓަސް އެޑްކުރަން ނުވަތަ ފޮލޯ ކުރަން ފަށަނީ އެންމެ ގާތުން ދުރަށެވެ. އެންމެ ފުރަތަމަ ގާތް އެކުވެރިންނާއި ރައްޓެހިންނެވެ. އެއަށްފަހު ދަންނަމީހުންނާއި ފެނިދެނިވެ އުޅޭ ދުރުމީހުންނެވެ. އަބަދުވެސް ރައްޓެހިން ދަތުރުކުރާ ތަނަކާއި، ތިބޭތަނަކާއި ކުރާ ހުރިހައި ކަމެއް ހުންނަނީ ފެންނާށެވެ. ކަންމިހެން އޮންނައިރު އާންމު ދިރިއުޅުމުގެ ހަގީގީ ހެޔޮއެދޭ ރަޙުމަތްތެރިއަކު މީސްމީޑިއާގެ އެޕްލިކޭޝަނެއްގެ ރަހުމަތްތެރިންގެ ލިސްޓުން ނުވަތަ ފޮލޯ ލިސްޓުން  އުނިކޮށްލުމަކީ، ސަބަބެއްނެތި ކުރާނެ ކަމެއް ކަމުގައި ބެލެވޭނެ ޖާގައެއްނެތެެވެ. އަދި މަޖަލަކަށް ކުރާނެ ކަމެއްކަމުގައި ވެސް ބެލެވޭކަށް ނެތެވެ.


ރަހުމަތްތެރިއަކު ރަހުމަތްތެރިންގެ ލިސްޓުން އުނި ނުކުރާނެއެެވެ. ހަަމަ ގައިމުވެސް އަޅުގަނޑު ނުކުރާނަމެވެ. ރަހުމަތްތެރިންގެ ލިސްޓުން މީހަކު އުނިކުރާނީ އެމީހަކާއި ގުޅުން ނުބޭއްވޭނެ ހިސާބަށް ދިއުމުން ނަވަތަ ގުޅުން އިތުރަށް ބާއްވަން ބޭނުން ނުވާ ހިނދެއްގައެވެ. ރަހުމަތް ތެރިންގެ ލިސްޓުގައި ހުންނަ ގާތް ރަހުމަތްތެރިއަކު ލިސްޓުން އުނިކުރުމަށް ފަހު، އުނިކުރިކަމުގައި ވިޔަސް ގުޅުން އޮންނާނެ  ކަމަށާއި ގުޅުން ބާއްވާނެ ކަަމަށް ބުނެފިނަމަ މީސްމީޑިއާގެ އަހުލުވެރިއަކަށް އެކަން ގަބޫލު ކުރަން އުނދަގޫވާނެއެވެ. ހަމަ ގައިމުވެސް އަޅުގަނޑަށް އެކަން ގަބޫލުކުރާކަށް އެހާ ފަސޭހަ އެއް ނޫނެވެ. ރަޙުމަތްތެރިންގެ ލިސްޓުން އުނިކުރާނީ ގުޅުން ބާއްވަން ބޭނުން ނުވާތީ ކަމުގައި އަޅުގަނޑު ގަބޫލު ކުރަމެވެ.


އެންމެހައި ގާތް ރަޙުމަތް ތެރިންނާއި އެކުވެރިންނޭވެ! ރަޙުމަތްތެރިއަކާއި ގުޅުން ނުކަނޑާށެވެ. ހެޔޮ ރަނގަޅު ރަޙުމަތް ތެރިންނަކީ ކަމެއް ޖެހޭ ދުވަހު އެހީތެރިވެދޭނެ މީހުންނެވެ. ތިބާގެ ހާލުބަލާނެ މީހުންނެވެ. ގުޅުން ކެނޑުމަކީ ނިކަމެތިކަމެެވެ. އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ ބުނާ އަޑު ނާހަމު ތޯއެވެ.

٦ مشاهدات٠ تعليق

أحدث منشورات

عرض الكل

Comments


bottom of page