top of page
  • صورة الكاتبMiro

އެމްޑީޕީ ޕްރައިމަރީގައި ބޮޑެތި އޮޅުވާލުންތަކެއް؟



ލިޔުނީ: އަޙްމަދު ރަޝީދު


ތެދެކެވެ. ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މީގެކުރިން ނުބާއްވާ ވަރުގެ ބޮޑު ޕްރައިމަރީއެއް އެމްޑީޕީން ބާއްވައިފިއެވެ. ވަރަށް މަދު ދާއިރާއެއް ފިޔަވައި ދެން ހުރި ހުރިހައި ދާއިރާތަކުން އެއް ކެނޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން އެ ވާދަކުރިއެވެ. ޑިމޮކްރަސީގެ ރީތި ނަމޫނާ ދެއްކުމަށް ދާއިރާތަކުން ކުރިމަތިލި ހުރިހައި ކެންޑިޑޭޓުން ވާދަކޮށް، ފޯރިގަދަ ކެމްޕޭނެއް ބޭއްވިއެވެ. މިމަހުގެ 18 ވަނަ ދުވަހު، ރަން ރީނދުލުން ޖަރީކޮށްފައިވާ މާލަންތަކުގައި ވޯޓުލުން ކުރިއަށް ގެންދިޔައީ ނުހަނު ސުލްޙަވެރިކަމާއެކުގައެވެ. އަމާންކަމާއެކު އިންތިޚާބު ނިމި، ދެ ދާއިރާ އަކުން ފިޔަވައި މަޖިލީސް 19 ގައި ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް، އުފެދޭ ބޮޑު ސުވާލެއް އެބަ އޮތެވެ. އެމްޑީޕީގެ 'ހިސާބު ޖައްސަވާ ބޭފުޅުން' އަންދާޒާ ކުރައްވަމުން، ކަރުދާހުގައި ލިޔުއްވަމުން އެ ގެންދަވާ ޢަދަދަށް މަޖިލީސް 19 ގައި އެމްޑީޕީއަށް ގޮނޑި ކަށަވަރު ކުރެވިދާނެ ހެއްޔެވެ؟ އެމްޑީޕީ ޕްރައިމަރީ ބޭއްވިގެން ދިޔައީ މަންޒަރުތައް އެދައްކާ ގޮތަށް އެހާ ފުރިހަމަކޮށްބާވައެވެ؟


މައުޟޫގައި އަޅުގަނޑު ކޮށްފައިވާ ސުވާލުގެ ޖަވާބެއް ޚުދު އަޅުގަނޑަކަށްވެސް ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް އެނގޭ ކަންތައްތަކެއް އެބަހުއްޓެވެ. ފެންނާންހުރި މަންޒަރުތަކެއް އެބަހުއްޓެވެ. އިވެމުންދާ އަޑުތަކެއް އެބަހުއްޓެވެ. ބައެއް ދާއިރާ ތަކުން، އެ ދާއިރާތަކުން ހޮވިފައިވަނީ އަސްލު އެމްޑީޕީ ފިކުރުގެ ބޭފުޅުންނެއް ނޫނޭޔޯލައެވެ. ދާއިރާތަކުން، އެމްޑީޕީ ވޯޓުފޮށިތައް ފުރެންދެން ވޯޓު އެޅި އެންމެންނަކީ އަސްލު އެމްޑީޕީގެ ކުލަ ޖެހިފައިވާ މެންބަރުނެއް ނޫނޭޔޯލައެވެ. ބައެއް ފަރާތްތަކުން އިންތިހާބުގެ އޮޅުވާކުންތައް އެމްޑީޕީގެ މެބްބަރުންގެ ބޮލުގައި އަޅުވާއިރު އަނެއްބައި މީހުން އެ ތުހުމަތު އަޅުވަނީ އެމްޑީޕީ އާއި އެންމެ ފިކުރު ދިމާނުވާ ޕީޕީއެމް ގެ ދަރުބާރު ފެކްޝަނޭ ކިޔުނު މީހުންގެ ބޮލުގައެވެ.


ދުރު ހިސާބަކުން މިސާލެއް ނުނަގާނަމެވެ. އަޅުގަނޑުގެ ގަތްވަޅު، ލ. ފޮނަދޫ އާއި ފޮނަދުއާ އެއްފަސްކޮށް އޮންނަ ގަމުގައި ކަންތައްތައް ހިނގައިދިޔަ ގޮތް ވަރަށް ސާފެވެ. ޕްރައިމަރީގައި ވާދަކުރެއްވި ހުރިހައި ކެންޑިޑޭޓުން އަރުވާ ޖައްސަވައިގެން ފެއްޓެވީ އެމްޑީޕީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތެވެ. އައްވަލު މަޤްޞަދަކީ ކޮންމެހެން އެންމެ ލޯބިވާ ޕާޓީއަށް މެންބަރުން އިތުރުކުރެއްވުމެއް ނޫނެވެ. މަޤްޞަދަކީ ޕްރައިމަރީގައި މަޖިލިސް 19 ގެ ޓިކެޓް ޙާޞިލް ކުރުމެވެ.


ދަހިވެތި މަޤްޞަދު ޙާޞިލް ކުރެއްވުމުގެ ދަހިވެތި ނިޔަތާއިއެކު ކުރީގެ ރައީސް ޔާމީނު ޢަބްދުލް ޤައްޔޫމަށް އެންމެ ވަފާތެރި، އެންމެ ބޮޑަށް އަޅުދާސްތުވެގެން ތިބި ޕީޕީއެމްގެ މެންބަރުންވެސް އެމްޑީޕީއަށް ވައްދަންފެށިއެވެ. މި ހާސްގަނޑުގެ ތެރޭގައި އަޅުގަނޑު ކުރިން ދެންނެވިހެން، ޕީޕީއެމް ދަރުބާރު ފެކްޝަނުގެ ރުހުމާއިއެކުގައިވެސް އެތަކެއް މެންބަރުންނެއް އެމްޑީޕީއާއި ގުޅުނުކަން އެއީ މި ލިޔެވެނީ ތާނައަކުރުން ހައި ޔަޤީންކަން ބޮޑު ކަމެކެވެ. އެބޭފުޅުންގެ މަޤްޞަދަކީ އެންމެ ނާޤާބިލް ކެންޑިޑޭޓް ހޮވުމެވެ. އަސްލު އެމްޑީޕީ ފިކުރު ހުންނަ ކެންޑިޑޭޓް ކަޓުވައިލުމެވެ. އަސްލު އެމްޑީޕީ މެންބަރުންގެ ޙަޤީޤީ ތާއިދު އޮންނަ ކެންޑިޑޭޓް ގިއްގަޅުވައިލުމެވެ.


ކޮންމެއަކަސް ވޯޓުލާ ދުވަސް އައިސް ޖެހިއްޖެއެވެ. އެމްޑީޕީގެ އެތެރޭ އިންތިޚާބުތަކުގައި ވޯޓުލުމަށް، ދަމަކުން ބަޑިއެއް ޖަހާ ބީދައިން މެންބަރުން ގޮސްއުޅުނު ބައެއް ހަރުގެތައް ފުރިބާރުވީ މެންދުރުފަހު ދޭއް ޖެހުމުގެވެސް މާކުރިންނެވެ. އޭގެ އެންމެ ސާފު އެއް މިސާލު ފެނިގެން ދިޔައީ ލ. ފޮނަދޫން ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނީ ރަށު ކައުންސިލް އިދާރާ ކައިރިއަށް ޖެހިލި ވަގުތުއެވެ. ކައުންސިލް އިދާރާގެ ބިންމަތީ ފަންގިފިލާގައި ބަހައްޓާފައިހުރި ވޯޓު ފޮށްޓާއި ހަމައިން ފެށިގެންގޮސް، ކައުންސިލް އިދާރާ ބޭރުން އެތައް ހިސާބަކަށް ދަމާލާފައި އޮތް ބޮޑު ކިއު ފެނިފައި އަޅުގަނޑުގެ ތަލިން ކުޅުހިކުނީ ލިބުނު ހައިރާންކަމާއެކުގައެވެ. ހިތުގެ ކޮންމެވެސް ހިސާބަކުން ލާނެތް ހުނުމެއްގެ އަޑު އިވެމުން ދާހެން އަޅުގަނޑަށް ހީވަމުން ދިޔައީ ކުރިމަތިން ފެންނާން އޮތް ދިގު ކިއުގައި ތިބި ދަންނަ މޫނުތައް ފެނިފައެވެ.


"ޕިސްޕިސް، އެހެރީ މިވެނި މީހެއް، އޭނަވެސް އެމްޑީޕީއާ ގުޅުނީތަ؟" "ސަހަރޯ .....

އެހެރީ އެމްޕީގެ ކެމްޕޭނުގަ، ޔާމީނުގެ ކެމްޕޭނުގަ އެންމެ ނަގައި ކިޔައި އުޅުނު މީހާ، ނޫނީ އެމީހާގެ ދަރި، ނޫނީ އެމީހާގެ އަނބިމީހާ." މިފަދަ އެތަކެއް ހާސް ހާސަރުތަކެއް ސިކުނޑިއަށް ވެރިވަމުން ދިޔައިރު ހަމަ ރަނގަޅަށްވެސް އަޅުގަނޑުގެ ޟަމީރު، ލާނެތް ހިންޏެއް 'ގަޅަމުން' ދާ އަޑު އިވެން ފެށިއެވެ.


ކޮންމެއަކަސް 200 ވަރަކަށް އެމްޑީޕީ މެންބަރުން ވޯޓުލަމުން އައި ރަށެއްގައި 700 އާއި ގާތްކުރާ އަދަދަކަށް މީހުން ވޯޓު ލައިފިއެވެ. އިޢުލާނު ކުރެވުނު ނަތީޖާއިން ފެނިގެން ދިޔައީ އެމްޑީޕީ ހަރަކާތްތަކުގައި އެންމެ ކުރިއްސުރެން އެންމެ ވަރުގަދައަށް އުޅެމުން އައި ކެންޑިޑޭޓުން ނަތީޖާ ކަރުދާހުގެ ފުލުގައި އޮތްތަނެވެ. 'މީހުން އެބުނާހެން، އެމްޕީގެ ރުހުމާއި ރޭވުންތެރިކަމާއެކު އެމްޑީޕީއަށް ވެއްދި މެންބަރުންގެ' ވޯޓުން ދެވަނަ ދަރަޖައަށް ކުރިހޯދީ އެބުނާ އެމްޕީއާއި މަޖިލިސް 19 ގައި ވާދަކޮށްފިނަމަ އެންމެ މަދުން ވޯޓުލިބޭނެ ކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވޭ ކެންޑިޑޭޓެވެ. އެންމެ މަތީ ފާހަކުން ފާސްވީ، ގިނަ ބަޔަކު ބުނަމުންދާ ގޮތުން އަސްލު އެމްޑީޕީ މެންބަރުން އެންމެ ތާއިދު ނުކުރި ކެންޑިޑޭޓެވެ.


އަޑުތައް އިވޭގޮތުން ލ. ގަމުގައި ވެސް މިފަދަ ކަންތައްގަނޑެއް ހިނގައިތްޕެވެ. އާޚިރު ނަތީޖާ އެރަށުގައިވެސް އަދި މިރަށުގައިވެސް އަދި އެއޮތް ރަށުގައިވެސް އޮތީ 'ވަރަށް ކަޑަ' ކޮށެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައިވެސް ކަންތައްތައް ހިނގަމުންދަނީ މިހެންކަމަށް ދޫދޫމަތިން ލިބެމުން އަންނަ ސައްޙަ ޚަބަރުތައް ބުނެއެވެ. ހޮވުނު މެންބަރަށް އަސްލު އެމްޑީޕީ މެންބަރުންގެ ތާއިދެއް ނެތޯލަ އެވެ.


٦٨ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page