top of page
  • صورة الكاتبMiro

ކުޑަ އައްޔުބެ




‎ހައްދުންމަތީ ގަމު ތުނޑީ އަލީ އަބްދުއްރަހުމާން އާންމު ނަމުންނަމަ ކުޑަ އައްޔުބެ އަކީ ވަރަށް އެކުވެރި މިޒާޖެއްޖެ ބޭފުޅެކެވެ. ވަރަށް ހިތްހެޔޮ މިޒާޖެއްގެ ވެރި އެންމެންނާއި ވެސް ގުޅޭ ބޭފުޅެކެވެ. އަބަދުވެސް ހިނިތުންވެ ހުރެ ހިތްހެޔޮ ކަމާއި އެކު ވާހަކަ ދައްކާ ބޭފުޅެކެވެ.

‎އަޅުގަނޑު މާ ބޮޑަކަށް އައްޔުބެއެއް ނުދަންނަމަވެ. ނަމަވެސް ތާރީޚީ ވާހަކާއި ކުރީގެ ވާހަކަތައް އަހާ އޮޅުން ފިލުވާލުމުގެ ގޮތުން އެކިފަހަރު މަތިން އައްޔުބެއާއި ވާހަކަ ދެކެވި މުއާމަތާތު ކުރެވުނެވެ. މިހެން ބައްދަލުވެ އުޅުވުމުގެ ތެރޭގައި އަޅުގަނޑަށް އައްޔުބޭގެ ފަރާތުން ހިތްހެޔޮ ކަމައި އެކުވެރިކަން ފާހަގަ ކުރެވުނެވެ. އެންމެ ފާހަކަ ކުރެވުނު ކަމަކީ ކޮންމެ ވާހަކައެއް ދެކެވުމުން ދިޔަ ކަމުގައި ވީ ނަމަވެސް ވަގުތު ޖެހުމުން، ހުއްޓައިލާފައި މިސްކިތަށް ދާ ކަމެވެ. އައްޔުބެއަކީ ވަގުތަށް ފަރުވާތެރި ބޭފުޅެއް ކަމެވެ.

‎އިތުރަށް އަޅުގަނޑު ހޯދަން ޖެހޭ ބައެއް ސުވާލުތައް އެއް ކޮށްލައިގެން މި ހުންނަނީ އަނެއްކާ ވެސް އައްޔުބެއާއި ދިމާވާނެ ދުވަހަކަށެވެ. އެހެނެއް ކަމަކު ކޮންމެ އިންސާނަކާއި ވެސް އުމުރުން އެއްފަހަރު ބައްދަލުވާނެ ދުވަސް އައްޔުބެއާއި ވެސް މިވަނީ އަރާ ހަމަތަން ކޮށްފައެވެ. އައްޔުބެ މި ދުނިޔެއާއި ވަކިވެދިޔަ ކަބަރު އެހީ ނުހަނު ފުން ހިތާމައާއި އެކުއެވެ. އުމުރުފުޅުން 88 އަހަރުގައި އައްޔުބެ ނިޔާވެފައި ވަނީ 28 ނޮވެމްބާރ 2019 ވިލޭރޭ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. މާތްﷲ އައްޔުބޭގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

١٣ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page