top of page
  • صورة الكاتبMiro

މާދަރީބަސް


ހާދަހާ ގިނަ ބަސްތަކެއް ދުނިޔޭތެރޭގައި އެބަވެޔޭ

މާދަރީ ދިވެހިންގެބަސް ފަދަ ދެވަނައެއް ނުމެވޭމެޔޭ


ރީތިދިގު ތާރީޚަކާ މުއްސަނދިކަމެއް ލިބިފައި ވުމުން

ރީތިޅެން އަދި ރައިވަރާ ބަންޖާފަރިހި ކާ ލިޔެވެޔޭ


ފަށުއިކޮށް އަތުރާލެވޭ ގިނަލަފުޒުތަށް ބަހުގައިވުމުން

ފަށުއިކޮށް ވާހަކަ ސިޓީ މަޒުމޫނުވެސް ލިޔެވޭމެޔޭ


ބޭރުބަސްތައް ވަދެބަހާ ގުޅިފައިވުމުން އެކިގޮތްގޮތުން

އޭރުވެސް އަދި މިއަދުވެސް ދިވެހިންގެ ބަސް ފުރިހަމަވެޔޭ


ތާނައިން ބަސް ލިޔެވެނީ މިބަހަށް ލިބުނު ފުރިހަމަކަމުން

ހާނަމުން ޅަދަރިން ބަހަށް ދިވެހިން ފަޚުރުވެރި ވޭމެޔޭ

~ މިރޯ ~

١٢٩ مشاهدة٠ تعليق

Comments


bottom of page